ކުޑަކުދިންގެ ވާހަކަވާހަކަ

އަނގޮޓި – މިޝީ

މިއަދަކީ ކިހިނެއް ކޮންގޮތަކަށް ކަންތަށް ރޭވި، ހިނގަމުން ގޮސް އިރު އޮއްސި ނިމޭނެ ދުވަހެށް ކަމެއް އެއްގޮތަކައްވެސް ނޭންގެއެވެ. ހިތުގައި ވަނީ އަޑި ނޭންގޭ އުފާވެރި އިހުސާސްތަކެކެވެ. ފޮނި އުންމީދު ތަކެކެވެ.

    ރޭގަނޑުގެ ފުން ނިދީގައި ވަގުތު ފާއިތު ވަމުންގޮސް……. އަހަރެންގެ މަންމަ ގޮވާ އަޑަށް އަހަރެންނައް ހޭލެވުނެވެ. ވަގުތަކީ ފަތިސް ނަމާދު ވަގުތެވެ. އިރު އަނެއްކާވެސް ދުނިޔެއަށް ފެނިލަން ތައްޔާތުވަމުން ދިޔައެވެ. އަހަރެންނައް ވިސްނުނެވެ. މަންމަ ގޮވަނީ ފަތިސް ނަމާދު ކުރުމަށެވެ. އަވަހިއްޔާ އަވަހައް ތެދުވެ މޫދު ކައިރިއަށް ދިޔައީމެވެ. ގައިން ތާހިރުވެގެން އެނބުރި ގެއަށް އައީމެވެ. އަދި ކަށިކެޔޮ ފަތުން މަންމަ ވިޔެދިން ކުނާ މަތީގައި ބާއްޖަވެރި ފަތިހުގެ ފަތިސް ނަމާދު ކޮއްލީމެވެ. ޤުރްޢާނުގެ ބަރަކާތުން ދުވަސް ފެށީމެވެ. ޤުރްޢާނުގެ މޫރިތި އާޔަތްތަކުން ހިތް ފުރާލީމެވެ. އެއީ އޭރުވެސް މިހާރުވެސް އަދިވެސް އަދި ދެންވެސް އަހަރެން ކަންކުރަމުން އައިސް އަދި ކަންކުރާނެ ވެސް ގޮތެވެ.

     އަހަރެންގެ ޢާއިލާގެ ޙަބަރު އަހަރެންނަށް އެނގިފައި ނުވި ނަމަވެސް މަންމަ އާއި ބައްޕަގެ ހާލަތު އެނގެއެވެ. އަހަރެންގެ މަންމަ އަކީ މާ ފުދުންތެރި މީހެއް ނޫނެވެ. އަހަރެންގެ ބައްޕަ ނިޔާވީ ކޮން އިރަކު ކަމެއް ޙުދު އަހަރެންނަކަށް ވެސް ނޭންގެއެވެ. މަންމަ ދިރިއުޅެނީ އަތިރިމަތީގައި ގަސް ހެދިފައި ސަރަހައްދެއްގައި ހުންނަ ފަން ޖިފުޓި ގަނޑެއްގައެވެ. މަންމަގެ ބުރަ މަސައްކަތުން ކިރިޔާ ކައިބޮއެ އުޅެވެނީއެވެ. މަންމަ ކުރާ މަސައްކަތަކީ ބޮލި ހިލުމާއި، ފަންގި ވިނުމާއި، ކަށިވެލި ހޮވުމާއި، ރީތި ދަރު ހޯދައިގެން ކައިރި ފިހާރަތަކައް ލުމެވެ. މި ކަމަކުން މާ ބޮދު ފައިދާ އެއް ނުވެއެވެ.

     މިކަހަލަ ގޮތަކައް ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާ އެއް ވެސް ފާއިތުވެއްޖެ އެވެ. މިއަދަކީ ހުކުރުދުވަކެވެ. މަންމަގެ އެދުމަށް އަހަރެން ދިޔައީ ބޮލި ހޮވާށެވެ. ކުޑަކުދިންތަށް ދުވަހުގެ އުފާ ނަގަނީ ކުޅިވަރާއި މަޖަލުގައެވެ.އުފަލުގައެވެ. ވިސްނުމެށް ފިކުރެށް ނެތެވެ. އަހަރެންވެސް އެކުދިންނާއި ބައިވެރިވެ ،އެ ފަދައިން މަޖާކޮށް ކުޅޭ ހިތް ވެއެވެ. އެކަމަކު ހިތާމަ އަކީ އަހަރެންގެ ނަސީބު ދެރަކަމުން މި ރަށުގައި އަހަރެންގެ އެކުވެރިޔަކު ވެސް ނުހުންނަކަމެވެ.

    އަތިރިމަތީގައި ހިނގަމުން އަހަރެން ބޮލިތަށް އުނގަށް އަޅަމުން ދިޔައީމެވެ. ބޮލި ހޮވައިގެން އަހަރެން ވަނީ ވަލަށެވެ. ރީތި ދަރުކޮޅެއް ހޯދައިގެން ގެއަށް ގެންދިޔުމަށެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ކެކުރި ވެލެއް ފެނުނެވެ. ކެކުރި ހޯދައިގެން އަހަރެން ދިޔައީ ގެއަށެވެ.

     ގެއާ ހަމަވިއިރު އަހަރެން ހުރީ ވަރަށް ބޮޑައް ވަރުބަލިވެފައެވެ. އެހެންކަމުން މަންމަ އާއި ގެނައި އެއްޗެހި ހަވާލު ކުރުމަށްފަހު އަހަރެން ފެންފޮދެށް ބޯލީމެވެ.

     ހަމަ އެދުވަހުގެ ހިތްފަސޭހަ ހަވީރެވެ. ހިތަށް ވެރިވި އިޙްސާސްތަކުން ދެރަވެގެން އިނީމެވެ. ހިތާމައާއި ދުރަށް ދިއުމަށް އަތިރިމަށްޗަށް ނުކުތީމެވެ. މާޔޫސްވެ،ހިނގަމުން ގޮސް ވަރުބަލިވެގެން މަގޫ ގަހެއްގެ ހިޔާ ދަށުގައި ޖައްސައިލީމެވެ.ދެން ވީނުވީއެއް އަހަރެންނަކަށް ނޭންގެއެވެ.

    އަހަރެނަށް ހޭވެރިކަންވީ މީހަކު ގައިގައި ކޮށްޓައިލުމުންނެވެ. އަހަރެންގެ ކައިރީގައި އިނީ ނުދަންނަ އަންހެން ކުއްޖެކެވެ.ބުރުސޫރަ ރީތި ވެފައި ހިތްހެޔޮ

 ވައްތަރު ޖަހައެވެ. އެ ކުއްޖާގެ މޫނުމަތީގައި ވަނީ ރީތި ހިނިތުން ވުމެކެވެ. ކަޅު ކުލަގަދަ ފަން އިސްތަށި ކޮޅު އެކުއްޖާގެ މޫނު މަތީގައި ސަމާސާ ކުރަމުން ދިޔައެވެ.

     ”އަހަރެން ގެ ނަމަކީ ފާތިމަތު ލީޒާ ޝަރީފް، ޢާންމު ނަމަކީ ލީޒާ، ދިރިއުޅެނީ ހުވަނދުމާގޭގަ ބޮޑުމަގުގައި ހުންނާނެ“. ލީޒާ އަހަރެންނަށް ބަލާލަމުން ކައިރީގައި އިށީނެވެ.“ކީއްވެ މިތާ ގަސް ދަށުގައި އިށީންދެގެން ތިއިނީ“. ދެން ވެސް ވާހަކަދެއްކީ ލީޒާއެވެ. ”އަހަރެންގެ ނަމަކީ ޝަޒާޔާ ބިންތު މުހައްމަދު މޫސާ، ޢާންމު ނަމަކީ ޝަޒާޔާ، ދިރިއުޅެނީ އަތިރިމަތީގައި ހުންނަ ފަން ޖިފުޓި ގަނޑެއްގައި“ހަމަޖެހިލަމުން އަހަރެން ތަޢާރަފް ވެލީމެވެ.“ފޫހިވެގެން އުޅެނިކޮށް ވަރުބަލިވެގެން ޖައްސާލިތަނާ ނިދުނީ.“އަހަރެން ލީޒާ ގެ ސުވާލަށް ޖަވާބު ދިނީމެވެ. ދެމީހުން ދެމީހުންގެ ހާލަތު ކިޔައިދިނެވެ.   

     ލީޒާ އިރުކޮޅަކު ވާހަކަ ދައްކަން އިނދެފައި މަންމަ ހޯދާނެއޭ ދެންދަނީ އޭ ބުނުމަށްފަހު ތެދުވެ ގައިން ވެލި ފޮޅައިލިއެވެ.

     ގެއައްދާން ތެދުވިވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ރިލިކުލައިން ވިދާ ބަބުޅަމުން ދިޔަ ފަނޑުއަލިކަމެއް ހުރި އަނގޮޓިއެކެވެ. ރީތި އަނގޮޓި އެކެވެ. އަތުގައި އަނގޮޓި އަޅައިލީމެވެ. އަނގޮޓި އަތުގައި އަޅާލުމާއެކުހެން

 ހީވީ ކަރަންޓު ޝޮޓެއް ލިބުނުހެންނެވެ. ވަގުތުން އަހަރެން ހަބަރު ހުސްވެގެން ވެއްޓުނެވެ.

     އަހަރެންނައް ލޯ ހުޅުވައިލެވުނީ އުނދަގުލުންނެވެ.އަހަރެން އޮތީ ގޭގެ ރޯނުފުރި އެނދުގައެވެ. ކައިރީގައި ހުރި އަށިމަތީގައި ފެންޖަގެއް ހިފައިގެން މަންމަ އިނެވެ. ”ދަރިފުޅާ ޝަޒާޔާ،އަވައްތެރި ގޭގަ އުޅޭ ޚައްވަ ބުނީ އޭނާގެ ކުއްޖާ ބަލާދިޔައިރު ފެނުނީ ޝަޒާޔާ ވެއްޓިފަ އޮއްވަޔޯ“މަންމަ ބުންޏެވެ. އަހަރެން އެނދުމަތީގައި އިށީންނަމުން އަހާލީމެވެ.“ޚައްވައްތަ ގެ ކުއްޖެއްތަ ލީޒާ އަކީ“.“ލައްބަ“މަންމަ ޖަވާބު ދިނުމުން އަހަރެން ފެންފޮދެއްބޯލަމުން ބުނީ މެވެ.“އެނގޭތަ މިއަދު ލީޒާ އާއި ދިމާވި، ވަރައް ހިތްހެޔޮ.“ މަންމަ އަހަރެންގެ ވާހަކަ އަޑުއަހާފައި ހިނިތުންވެލިއެވެ.

     އޭގެ އިރުކޮޅެއްފަހެވެ.“މަންމަ މިދަނީ ފަން ވިންނަން،ހުންނާނެ ޚައްވައްތަ ގެނައި ރޯކަދުރުކޮޅެއް“މަންމަ ނުކުންނަމުން ބުނެލިއެވެ.އަހަރެން މަންމަ އަށް ފަސް ކަދުރު ބާއްވާފައި އަހަރެން ފަސް ކަދުރު ނަގައި ކާލީމެވެ. ތަށި ހުސްކްށް ގެންދަން ބޭނުންނުވާތީ އަހަރެން ދޮން ކެކުރި ބަލާ ވަލަށް ދިޔައީމެވެ. ދިުމުގެ ކުރިން އަނގޮޓި އަޅާ ކެތްކޮއްލީމެވެ. ވަރައް ގިނައިރުއެ ތޫނު ތަދުގެ އަސަރު ހުއްޓެވެ. މިފަހަރު ހުރީ ވަރށް މަދު ކެކުރި ކޮޅެކެވެ. ހޫމްމްމް…ވެލުގައި އަބަދުވެސް ދޮން ކެކުރި ހުންނަނަމަ“ ވީދެރައިން

     އަހަރެންނައް ބުނެވުނެވެ. ކުއްލިއަކައް ލޮޅުމެއް އަރާފައި ވަރުގަދަ ތޫނު ތަދެއް އަރާފައި ހީވީ އިނގިލި ބިންދައިގެން ދިޔަހެންނެވެ. ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.ގަޔައް އަރާ ތަދުން ހީވަނީ މީހާ ފިހިގެން ވެއްޓިދާނެހެންނެވެ.

     އަހަރެން ބަލައިލީ ކެކުރި ވެލަށެވެ. ދެންމެ ވެލުގައި މަލެއް ނުފޮޅޭ ތާގައި ޅަކެކުރިއެއް ވެސް ނެތެވެ.މިހާރު ހުރީ ދޮން ކެކުރިން ވެޔޮ ބަރާވެފައެވެ. ފަތަށް ވުރެ ކެކުރި ގިނައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އުފަލުން ހުރެ އަހަރެން ކޮތަޅު ފުރާ ދޮން ކެކުރި އަޅާލީމެވެ. ގެއަށް ދިޔައިރު އަހަރެން ރީތި ދަރުކޮޅެށް ގެންދިޔައީމެވެ.ދަރުތަށް ގެއަށް ލާފައި ހުވަނދުމާ ގެއައް ގޮސް ކޮތަޅު ހަވާލުކޮށްފައި އަނބުރާ ގެއައްދިޔައީމެވެ.

       އެދުވަހުގެ ހަވީރު އަހަރެން ތައްޔާރުވީ ހަމައެކަނި އެކުވެރިޔާ ލީޒާ އާއި ބައްދަލު ކުރުމަށެވެ.އަހަރެން އަތިރިމަތީގައި އިންނަތާއިރުކޮޅެއް ވެއްޖެއެވެ. އަދިވެސް ލީޒާގެ ޙަބަރެއް ނުވެއެވެ. ތެދުވެ، ދެކޮޅައް ހިނގާލި ތަނާ ލީޒާ އަތުވެއްޖެއެވެ. އެހެންނާ އެ މައުސޫމް މޫނުމަތީގައި ހުންނަ އުޖާލާ ކަމާއި އުފާވެރިކަން މިއަދު ވަނީ މިލާފައެވެ. ހައިރާންވެ ހުރެ އަހަރެން ސުވާލު ކުރީމެވެ.“ވީގޮތަކީ އިއްޔެގަ މަންމަ ގެންގުޅުނު ރުފިޔާ ކޮތަޅު ގެއްލުނީ އެކަމާ މަންމަ ދެރަވެގެން އުޅުނީ“ ލީޒާ ގެ ހިތުގައިވި މޮޅިވެރިކަން އޭނާ ހިއްސާ ކުރިއެވެ. އަހަރެން އަނގޮޓިގެ ވާހަކަ ކިޔައިދިނީމެވެ. އެއްވެސް ފޮރުވުމެއް ނެތިއެވެ. ލީޒާ ހައިރާން ވެފައި ކިޔައިދިނީ އޭނާގެ މުސްކުޅި މާމަ ގެ ވާހަކަ އެވެ. ”މާމަ މެން އޭރު ވަރަށް ގިނައިން ކަށިވެލި ހޮވަން ދާނެ، މިހެން ދިޔަ ދުވަހަކު ވީގޮތަކީ މާމަ ހުރީ އެހެންކުދިންނާއި ތަންކޮޅެއް ދުރުގަ ކޮންމެ މީހެއްވެސް އަވަދިނެތި އުޅުމުން އަނެކާގެ ހާލެއް ނޭންގެ،މާމަ އަށް ފެނުނީ ރިހި ކުލައިގެ ބަބުޅާ އެއްޗެއް މާމާ ނަގައި ބަލައި ލާފައި އަޅާލީ ދެން ހުރިތަނައް ވެއްޓުނީ،ފަންޑިތަ ހަދާމީހެއްގެ އަރިހަށް ގޮސް އޮޅުންފިލުވީމަ އެނގުނީ، އޭނަ ބުނީ އެއީ ކޮންމެ އަހަރަކުވެސް އެންމެ ހާލުގަ އުޅޭ ވިސްނޭ ކުއްޖަކައް 3 ފަހަރު ބޭނުންކުރެވޭ އެއްޗެކޯ، އޭގައި ބާރުގަދަ ޖިންނިއެއް ހައްޔަރު ކުރެވިފައި ވާނެޔޯ“ ލީޒާގެ ވާހަކައާއި ދޭތެރޭ ފުންކޮށް ވިސްނާލީމެވެ. ”އާނ… އަދި.. އެ ކަރަންޓަށް ކެތް ނުކުރެވިއްޖެނަމަ ގެއްލޭނެޔޯ ދުވަހެއްގެ ކޮޅުންވެސް ނުފެންނާނެޔޯ“. ”އޭރުން.. ވާގޮތެށް އެނގޭތަ.. އޭނައަށް..މިބުނީ އެ ގެއްލޭ މީހާއަށް“އަހަރެން އަހާލީމެވެ. ”ނޫން ނޭންގެއޯ“ލީޒާ ތެދުވެ ގައިން ވެލި ފޮޅައިލިއެވެ.އަދި ދެންދަނީ އޭ ބުނުމަށް ފަހު ހާނާ އަޅާލައިފައި ދިޔަ އެވެ.

     އަހަރެން ގެއަށް ދިޔައިރު މަންމަ އޮތީ ހުން އައިސްފައެވެ.އަހަރެން މަންމައައް ފެންތަސްޓެއް ގެނެސްދިނީމެވެ.މަންމަ ގެ ނިއްކުރީގައި ފެން ހާކައި ދިނީމެވެ. މަންމަ އައް ކާއެއްޗެއް ކެވެނީ އުނދަގުލުންނެވެ. މަންމަ ކައިރީގައި ހުރެ އަހަރެން ބޭރަކަށް ނުނިކުންނަމެވެ. މަންމަ ހުންނަނީ ކެކުރި ކޮލެއްކާލައިގެންނެވެ. މަންމަ އައް ކާއެއްޗެއް ދިނުމުގެ ގޮތުން އަހަރެން ކާށްޓެއް ހެހެލީމެވެ. އެ އުކުރައިފައި މަޑުކުރީމެވެ.ކައިރި ފިހާރައަކުން އާފަލަކާއި ދޮންކޭލެއް ގެނެސް ދިނީމެވެ. މަންމަ ބުނެދިންގޮތަށް ފަންގި ވިންނަން ދަސްކުރީމެވެ. ވަށައިފައިހުރި ރޯނު ތަކުންފަންބޮނޑި ބަނދުނީމެވެ.

     މަންމަގެ ހާލު ރަނގަޅުވޭތޯ އަހަރެން އަބަދު ނަމާދުކޮށް ދުޢާ ކުރަ މެވެ. ކުއްލިއަކަށް އިވުނީ ސަލާމް ގޮވާލި އަޑެވެ. ސަލާމް ބަލައިގަންނަމުން އަހަރެން ދޮރު ހުޅުވައިލީމެވެ. އެއީ ކައިރި ފިހާރައިގައި މަސައްކަތް ކުރާ ސޭޓެވެ.“މިހާރު ކަށިވެއްޔާއިފަން ވަރަށް ގިނައިންވިކޭ ބޮއްޔާއި ދަރު މާގިނައިންވިކޭ“ އޭނާ ގެ އަޑުޑުގައިވަނީ ޖޯށެވެ. ސޭޓު ދިއްކޮއްލީ 3 ރަބަރު ކޮތަޅު ފުރާ ފައިސާއެވެ. މަޑުކޮއްލަން އެދިފައި އަހަރެން އަށިމަތީގައި ހުރި ކަށިވެލި ގޯންޏާއި ފަން ބޮނޑި ތަށް ހަވާލު ކުރީމެވެ.

     އޭގެ އަނެއް ދުވަހެވެ. ހައްވައްތައާއި ލީޒާ އަހަރެން ހޯދަން އައެވެ.މަންމަގެ ހާލަތު އެނގުމުން ހައްވައްތަ އެދުނީ 2 ދުވަހު ލީޒާ އާއިއެކު މިގޭގައި މަޑުކޮއް ލުމަށެވެ. މަންމަ އެއްބަސްވިއެވެ. މަންމަ ގެ ފައި ވަނީ ހަލާކުވެފައެވެ. މިހެންކަމުން ހައްވައްތަ މަންމަގެ ފައިގައި ފަތްޕިލާވެލީގެ އެހީގައި ބޭސް އަޅައިދިނެވެ.

     އޭގެ އަނެއް ދުވަހެވެ. މަންމަ ގެ އެދުމުގެ މަތިން ހައްވައްތަ ބޭސްގަނޑު ބަދަލުކުރިއެވެ. ހިތި ގަހުގެ ފެހި ފަތުން ބޭސް ބަދަލު ކުރިއެވެ. ހީނާފަތް ގަހުގެ އޮށް ބޭނުންކޮށްގެން އިތުރަށް ފަސޭހަ ކޮށްދިނެވެ. އަހަރެން ނާއި ލީޒާ މިއަދު ދިޔައީ ބޮލިހޮވާށެވެ. ދިއުމުގެ ކުރިން އަހަރެންގެ އަތުގައި އޮތް ޓިށޫ ތެރޭގައި ބާވައިލެއިފައިވާ ރިހި ކުލައިގެ އަނގޮޓި އަށް ބަލައިލީމެވެ. ދެލޯ މަރައިގެން ހުރެ މަޑުމަޑުން އަނގޮތި އަޅައިލީމެވެ. ދެލޮލުން ފޭބި ކަރުނަތަށް ކޯތާފަތް މަތީގައި ރޮނގެއްހެން ދެމުނެވެ. އަހަރެންގެ ކުރިމަތިން ހުދުކުލައިގެ ވައިސޫރި އެއްހެންއެނބުރުނު ދުންތަށް ފެތުރިފައި ބިރުވެރި ސިފައެއްގެ ޖިންނިއެއް ފާޅުވިއެވެ.“ކަލޭ އަހަރެން ކައިރިން 2 ކަމަކު އެދިއްޖެ ބާކީ އޮތީ ދެކަމެށް އެ މަސައްކަތް ފުރިހަމަކުރުމުންދެން މި އަނގޮޓި ކަލެއާ ވަކިވާނެ“ އޭތީގެ ބަރުއަޑުން ވާހަކަދެއްކިއެވެ.

     މިހެންގޮސް މިއަދަކީ ބުރާސްފަތި ދުވަހެވެ. ގޭގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވުނެވެ. ދޮރުމަތީގައި ހުރި ސޭޓު ހުރީ ރުޅި އައިސްފައެވެ.“މިހިރަ ދަރުތަށް މިހުރީ ފީވެފައި، ބޮލިތަށްވެސް މިވަނީ ހަލާކުވެފައި މިއެއް އަހަރެން ބޭނުމެއް ނޫން“އޭނަ ގެ މޫނުމަތީގައިވީ ފޫހިކަމެވެ.

      އެދުވަހު އަހަރެންނާއި ލީޒާ ބޮލި ހޮވައި ތާޒާ ދަރު ފިހާރައައް ލައި ބޮލި ދޮވެސާފު ބިއްލޫރި ފަދަކޮށް އޮފު އަރުވައި އަނެއްދުވަހަށް ތައްޔާރު ކުރީމެވެ. އޭރު މަންމަ އާއި ހައްވައްތަ އަވަދިނެތި މަސަށްކަތް ކުރީ ފަން ވިންނާށެވެ. ރޭގަނޑު ވީއިރު އަހަރެމެން ތިބީ ވަރުބަލި ވެގެން ދާހިއްލާފައެވެ. އެންމެންގެވެސް އަނގަ ހުރީ ހުޅުވިފައެވެ.ދޫ ވަނީ ބޭރަށް ނިކުމެފައެވެ. ފެން ބޮވައިގެންފައިވާ ކުއްތާތަކެއް ފަދައިންނެވެ. ވަރަށް އަވަދިނެތި މަސައަކަތް ކުރެވިފައިވާތީ އަހަރެމެން ގަސްދުކުރީ ވީހާވެސް އަވަސްކޮށް ނަމާދު ކޮށްގެން ނިދުމަށެވެ.

       އަހަރެންނައް ރޭގަނޑު ހޭލެވުނީ ފެންބޮވާތީއެވެ. އަހަރެން ފެން ބަނޑިޔާ ކައިރިއަށް ދިޔައީމެވެ. ބަނޑިޔާ ތެރޭގައިވާ ހުނވަނދުމާ ފެންފޮދު ބޯލީމެވެ. ކަރުހިއްކުން ފިލައި ވަރުޖެހުމުން ފަން ގެގަނޑާއި ދިމާލައް ހިނގައިގަތް ވަޤުތު އަހަރެންނަށް ހައްވައްތަ ވާހަކަދެއްކި އަޑުއިވުނުހެންހީވިއެވެ. ނޫނެކެވެ. ހީވީއެއްނޫނެވެ. ޔަޤީން ވެއްޖެއެވެ. ހައްވައްތަ އެބަ ވާހަކަ ދައްކައެވެ. އަހަރެން ހިތަށްއެރިއެވެ. މިއޮށް ރޭގަނޑުއެމީހުން ކުރަނީ ކީއް ހެއްޔެވެ. ގެގަނޑުގެ ކަނަކުން މަޑުމަޑުން ދެ ފަން ފޭކޮށްލީ މީހަކަށް ހިލަމެށް ނުވާނެ ތާނގައި އަޑެއްވެސް ނީވޭނެހާ މަޑުންނެވެ. ”މަންމާ ސްޕްރޭ ޖަހައި ނިމުނީ….. މަންމަ ބޮލިތަށް ހަލާކު ކޮއްފިންތަ“ އެއީ ލީޒާގެ އަޑެވެ. އަހަރެންގެ ލޭ ކެކުނެވެ. ދެލޮލުން އަލިފާން ކަނި ބުރި ފަދައެވެ. ބޮލުން ދުންބުރަ ބުރައި ހުރި ކަހަލައެވެ. އެމީހުން ގެ ހުރި ނުބައިކަމާއެވެ. ކުޅި ދަށްކާލާ ބަދަލު ހިފުމުގެ ނިޔަތުގައި ނިދީމެވެ. އަހަރެމެންނަށް ރުފިޔާ ލިބޭ، ކާންބޯން ލިބޭ މަގުން މަޙްރޫމް ކުރުމަކީ މާތް ﷲ އިރާދަކުރެށްވިއްޔާ އަހަރެން ގެ ދެލޮލުން ފެނި، އަހަރެންނަށް އެނގި ހުރެގެން، އަހަރެންގެ ލޮލާ ބޮލާ ސަލާމަތުން، ހަމަހޭގައި ހުއްޓާ ވާނެކަމެށް ނޫނެވެ. އަހަރެން އަނގޮޓި އަޅައި ޖިންނިކައިރިން އެބޮލިތައް ރަނގަޅު ކުރުމަށް އެދުނީމެވެ.

    އަނެށް ދުވަހު އެސާމާނުތަށް ފިހާރައަށް ލީމެވެ. އަހަރެންގެ ހިތުގައި އެމީހުންނާ މެދު އަނދަ އަނދާ ހުރި އަލިފާންގަނޑު ކެކެނީއެވެ. ކެކި އުތުރި އަރަނީއެވެ. އޭރު ވެސް އަހަރެން ހުރީ މަންމަ ކައިރީ ބުނެ އެމީހުން ގެއިން ނެރޭނެ ގޮތެށް ވިސްނައި އެމީހުންގެ ދުއްތުރާއިން އަހަރެމެންގެ މި މަލަހައި ޢާއިލާ ސާލާމަތް ކުރުމަށް ބޭނުންވެފައެވެ. ގެއަށް އައި ގޮތަށް ލީޒާ މެންކުރިމަތީގައި މަންމަ އަށް އެމީހުން ރޭ ކުރި ކަންތަށް ކިޔައި ދިނީމެވެ. މަންމަގެ ދެލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެށް ހެންނެވެ.“ ހަމަ މިހާރު މިގެއިން ނިކުމޭ…… މަގޭ ދަރިފުޅާއި މަށަށް މިތާގައި އެކަނި ވެސް ދިރި އުޅެވޭނެ،… މަގޭ މި ނިކަމެތި ޢާއިލާ އެކަނި ހާލަށް ދޫކޮށްފައިދޭ…. މިތަނަށް މަގޭ ޢާއިލާ ކައިރިއަށް ނާންނާތި….“ މަންމަގެ ހިތުގައިވާ ރުޅިވެރިކަން އަލިފާނށް ހަދައި ބުރުވާލިހެން މަންމަ ހަޅޭއްލަވައިގަތެވެ.“ އިލޮށިފަތި ނަގައި ކަލޭމެންގެ ދެފައި ބުޑުގައި ނުޖަހަނީސް މިގެއިން ނުކުންނާށޭ….ހަމަ މިހާރު ނިކުމޭ…“ މަންމަގެ މުސްކުޅިކަމާއެކު ވެސް އިލޮށިފަތި ނެގިއެވެ. ހައްވައްތައާއި ލީޒާއަށް މި މަންޒަރު ފެނި ދަބަސްތަށް ހިފައިގެން މަންމަގެ އަތުނުޖެހެން ވެގެން ފައިގައި ހުރި ބާރެށް ލާފައި ދުއްވައިގަތެވެ.

    އަހަރެމެންގެ ޢާއިލާ އެމީހުންގެ ދުޝްމިން ކަމުން ސަލާމަތް ވުމުން އަހަރެން އެ ޖިންނީގެ ބޭނުން އެންމެ ފަހު ފަހަރަށް އަހަރެން ހިފީމެވެ. އެއީ ތިން ވަނަ ފަހަރުކަން ދަނެ ހުރެ އަހަރެން ބަބުޅާ ވިދާ އަނގޮޓިއަށް ޢަލްވަދާޢު ކިޔަން ޖެހޭގަޑި ކައިރިވަނީއެވެ. ”އަހަރެން އެދެނީ އަހަރެންގެ މި ނިކަމެދި ދިރިއުޅުން ތަނަވަސްވެ، އާދައިގެ މީހުންގެ ދިރިއުޅުމަށް ބަދަލުވެ، އަހަރެމެން އާމްދަނީ ހޯދަން ބޭނުންކުރާ އެއްޗެއްސަށް  ގެއްލުން ނުލިބި ސަލާމަތުން ހުރުމަށް،… މިކަންތަކުން އަހަރެންނަށް ފުދޭ…..“ އަހަރެންގެ އަޑު ކުރެހުނެވެ.

    ޖެހިގެން އައީ ފުން މާނަވީ އަދި އަހަރެންގެ ހިތް އެދޭ ދުވަހެވެ. މަންމައަށް މިފަހަރު ލިބުނު މުސާރައިން ބަތާއި ގަރުދިޔައާ މީރުކޮށް ކެވޭވަރު ވިއެވެ. އަދި އަހަރެމެންނަށް ލިބޭ މިންވަރަށް ޝުކުރު ކޮށްގެން އުޅުނީމެވެ. ކޮންމެ ހަފްތާއަކު އަހަރެމެން އުޅެނީ އުފަލުގައެވެ.

    މިގޮތަށް ދުވަސްތަކާއި މަސްތަކާއި އަހަރުތަށް ވޭތުވެ، ފާއިތުވަމުން ދިޔައެވެ. އަހަރެމެންގެ 2 މީހުންގެ މަސަށްކަތުން ތަނަވަސްވެފައިވާ މި ގެއަށް ބަލާލުމުން މީހަކު މިއީ ކުރިން ނިކަމެތި ފަޤީރު ބައެކޭ ނުބުނާނެއެވެ. އަދި އަހަރެމެން ތަނަވަސްވެފައިވާ މިންވަރު ފެނުނަސް މިއަދު އަހަރެމެން ގެ ޢާއިލާގައި ސިއްރުކޮށް ފޮރުވިފައިވާ އެއްޗެއް އެއްވެސް މީހަކަސް ހޯދުމަކީ ވާނެކަމެށް ނޫނެވެ. މިހާރު އަހަރެމެންގެ ޢާއިލާ އާއި ތޮޅެ އަހަރެމެންގެ ދިރިއުޅުން މީހަކަށް ބަނައެށް ނުކުރެވޭނެއެވެ. ސުވާލު ކޮށްފިނަމަ ބުނާނަމެވެ. އެހާރާއި މިހާރާއި ތަފާތެށް ނޫންހެއްޔެވެ. ޒަމާނަށް އައި ތަރަޢްޤީ ބަދަލާއެކު މީހުން ވެސް ތަރައްޤީވެ ވިސްނުން ބަދަލު ނުވާނެ ހެއްޔެވެ؟

    އަދި 1 ވާހަކަ ބުނަން ހެއްޔެވެ؟ ހަޤީޤަތުގައި މަގޭ މިޢާއިލާއަށް ތަނަވަސްކަމާއި ރޯޝަންކަން ލިބުނީ އެ އަނގޮޓީގެ އެހީގައެއް ނޫނެވެ. ނުވަތަ އެ ޖިންނީގެ ބާރުގެ ސަބަބަކުން ނޫނެވެ. އޭގެ ހަޤީޤަތަކީ ވަރުގަދަ ޢަޒުމާއި ހިއްވަރާއި މިންނަތުން ކުރި މަސައްކަތެވެ. ހައްވައްތަ އާއި ލީޒާ ދިޔައީ އެ އަނގޮޓީގެ ބޭނުން ދުއްވާލާފައެވެ. އޭގެ ބަދަލުގައި އާދައިގެ އެއްޗެއް ބާއްވާފައެވެ. އެކަން އަހަރެންނަށް އެނގުނީ ޖިންނި އޭގެން ނުނިކުތުމުންނެވެ.

    އަހަރެންނަށް އެނގުނީ ލީޒާމެން އައީ އެ އަނގޮތީގެ ދަހިވެތިކަމުގައި ކަމެވެ. ނަމަވެސް އަހަރެންގެ ޢާއިލާއާ ކުޅުމަކީ 2 ވަނަ ފަހަރަށް ނާދިރު ކަމެކެވެ. މިހާރު އަހަރެމެން ފުރިހަމަ އީމާން ކަންމަތީ ދެމިތިބެ މާތްﷲ އަށް ވަކީލުކޮށްގެން އުފަލުގައި އުޅެމުން އަމިއްލަ ޤައުމާ ރަށަށް ޙިދުމަތް ކުރުމުގަ ދެމިތިބީމެވެ. އެ އަނގޮޓި މިފަހަރު ލިބޭނީ ކާކަށް ބާއޭ ހިތަށް އަރައެވެ.

ސަބްސްކުރައިބް
ނޮޓިފައި ކުރަނީ
guest

2 ކޮމެންޓްތައް
އެންމެ ފަސް
އަލަށް އެންމެ ގިނަ ވޯޓް
އިންލައިން ފީޑްބެކް
ހުރިހާ ކޮމެންޓްތައް ބެލުމަށް
މަރީ
މަރީ
5 މަސްތައް ކުރިން

މާޝާ ﷲ ވަރަށް ރީތި

Back to top button