ކުޑަކުދިންގެ ވާހަކަވާހަކަ

އެންމެ ހިތި ހާދިސާ – މިޝީ

   އަހަރެންގެ ދިރިއުޅުން ހަމައަކައް އެޅުނުތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ވޭތުވެގެ ދިޔަފަހުން….

 …އެއަދުވަހަކު ނޫސް ވެރިޔަކު އަހަރެންގެ އިންޓަވިއުއެއް ކުރަން ބޭނުންވެގެން އަހަރެންގެ ރަށަށް އައެވެ. އަދި ގެއައް ވަޑައިގަނެ، އަހަރެންގެ ހާލު އަހުވާލު ބަލައި އަހަރެންގެ ދިރިއުޅުމުގައި ދިމާވި އެންމެ ހިތި ހާދިސާ ކިޔައިދިނުމައް އެދުނެވެ. ވަރައް ގިނަ ބަހަނާ ތަކަކައްފަހު އަހަރެން އެންމެ ފަހުން ވާހަކަ ކިޔައިދޭން އެއްބަސް ވީމެވެ. އެއީ އަހަރެންގެ ވާހަކަ ޢާންމުކޮއް، ޕަބްލިޝް ކުރުމުގެ ބޭނުމުގައެވެ.

****************************************************************************************************

   އަހަރެންގެ ނަމަކީ އަޙްމަދު ފައިސަލް ނަޝީދެވެ. މިއަދު އަހަރެން މިހިރީ ހަޔާތުގެ އެންމެ މުހިންމު ދުވަހުގައި ކަމައް ހީކޮއްލާށެވެ. އަހަރެންގެ ހަނދާން އަލުން އެނބުރި އައިސް، އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ސިއްރު ހާމަކުރަން ނިންމާފައި، މިއަދު އަހަރެން ބޭނުންވަނީ އަހަރެންގެ ވޭތުވެދިޔަ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ތިޔަ އެކުވެރިންނައް ކިޔައިދޭށެވެ. އަދި އަހަރެންގެ ތަޖުރިބާގެ ވާހަކަ އަޑުއަހައި، އަހަރެންގެ ނަސޭހަތް ޤަބޫލު ކުރުމަށެވެ. މި ވާހަކައިން ޢިބުރަތެއް ހާސިލް ކުރުމަށެވެ.

****************************************************************************************************

25 ފުރި، ޖެހިގެން އައި ދުވަހު ރަށުގައި މަޑުކޮއްލީ ހިތްހަމަޖައްސާލައި ސިކުނޑި ތާޒާ ކުރުމުގެ ބޭނުމުގައެވެ. އަދި ބުރަތަކާއި ހާސްތަކުން ދުރުހެލި ވުމަށެވެ. ނަމަވެސް……

     އެ ދުވަހު ހެނދުނު ހޭލި އިރު އަހަރެންނަށް އެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ. އަހަރެންގެ ނަން ފިޔަވާ އެކައްޗެއް ވެސް ހަނދާނެއް ނެތެވެ. އަހަރެންނައް ހޭލެވުނު އިރު…..

   “ އެ.. އޭ. އޭތް… ތި.. ތިއީ ކާ.. ކު؟.. “ އަހަރެން ފުންމައިގެން ތެދުވެފައި ބުނެލީމެވެ. ”މިއީ ދަރިފުޅުގެ މަންމައޭ….“ މަންމަ ކުޑަކޮއް ހައިރާންވެފައި ފެންތަށި މޭޒުމަތީގައި ބަހައްޓާފައި ނިކުމެގެން ދިޔައީއެވެ. ދެން އަހަރެންނައް ވިސްނާލެވުނެވެ. މާޒީގެ އެކައްޗެއްވެސް ހަނދާނެއް ނެތެވެ. ހަމައެކަނި ގެސްޓްހައުސް ވިޔަފާރި ކުރިކަމާއި މީހުންނައް ރުފިޔާ ނުދީ އުޅުނުގޮތް ފިޔަވާ އެކައްޗެއްވެސް ހަނދާނަކައް ނާދެއެވެ. ސިނކުޑީގައި އެނބުރެނީ އެންމެ ކަމެކެވެ. ވިޔަފާރިއެއް ކުރި ކަމެވެ. އަދި ވަރައް ގިނަ ގޯސް ތައް ހެދުނު ކަމެވެ.

   އެންމެ ފަހުން މަންމަ މެންނައް އަހަރެންގެ އުޅުން ބަދަލުވެފައިވާ މިންވަރު ދެނެގަތެވެ. އަބަދުވެސް އެއްޗެއް ނޭންގިގެން ކިޔައިދެން ޖެހޭތީއެވެ. އަތުން ފައިން އެއްޗެއް ހަލާކުވާތީ އެވެ. ނޫނީ މަގު އޮޅޭތީ އެވެ.
  އަހަރެންގެ ޢާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެތައް ޑޮކްޓަރުންނެއްގެ އަރިހަށް ގެންދިޔައެވެ. އެކަމަކު އެއްވެސް ޑޮކްޓަރަކަށް އަހަރެންގެ ބައްޔަށް ފަރުވާއެއް ނުދެވުނެވެ. އަހަރެންގެ ހަނދާން ގެއްލުމާއެކު، އަހަރެންގެ ވިޔަފާރިވެސް ދަށަށް ދިޔައެވެ. އަހަރެންނަށް މަސައްކަތެއް ނުކުރެވުނެވެ. އަހަރެންގެ ރައްޓެހިން އަހަރެންނާ ދުރުވިއެވެ. އަހަރެންގެ ތިމާގެ މީހުން އަހަރެން ދޫކޮއްފައި ދިޔައެވެ.

   މި ހާލު ގައި އަހަރެން އުޅޭއިރު މަންމަ އަދި ބައްޕަ އާއި ގޭމީހުން ފިޔަވާ އެކަކުވެސް އަހަރެންގެ ހާލާއި މެދު ހަމްދަރުދީވެ، އެހީވާކައް ނުވަތަ ގޮވާލާކައް ވެސް ނާދެއެވެ.

   އެހެން މިހެން މަގުމަތީގައި އެގޮތް މިގޮތައް ހިނގަމުން މޮޔައެއްހެން ހިނގުން ނޫން އެހެން އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. ކުރާކައް ނުވެސް އެނގެއެވެ. ގެއައް އާދެވޭފަހަރަކު ކައްކާފައި ހުރިއްޔާ މަންމަ ކާންދޭނެ އެވެ. ނުކައްކައި ހުރިއްޔާ ނިދަނީ އެވެ. މާބޮޑަކައް ވާހަކަ އެއްވެސް ނުދައްކަމެވެ. ރަނގަޅައް ވާހަކަ ދައްކާކައް ނުވެސް އެނގެއެވެ.

   އެއްދުވަހަކު، އާދައިގެ މަތިން މަގުމަތީގައި ހިނގަމުން އެނބުރެމުން ސެނބުރެމުން ދިޔައީމެވެ. އެންމެ ކާރޫ ބާރޫ މަގު ހުރަސް ކުރަން އުޅުނު ވަގުތު ފަހަތުން މީހަކު ގޮވައިލިއެވެ. ”އޭތް…. މަޑުކޮއްބަލަ..“ އެމީހެއްގެ އަޑު ކަންފަތުގައި ޖެހުމުން އަހަރެން ހުއްޓުނީމެވެ. ކުރިއައް ނަގަނަގާ ހުރި ފިޔަވަޅުވެސް ގަނޑުވިއެވެ. އަދި އެނބުރި ފަހަތް ބަލައިލީމެވެ. އޭރު މީހަކު ވަރައް ބާރައް ދުވެފައި ފަހަތުން އަންނަނީ އެވެ. ބަލަހައްޓައިގެން ހުރެވުނީ އެވެ. އެމީހަކު އަރާ ހަމަކުރުމައްފަހު ނޭވަ ހަމައަކައް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. އަދި އަތުގެ އިޝާރާތުން މަޑުކޮއްލުމައް އެދުނެވެ. އިރުކޮޅަކު ހުރުމައްފަހު އަލުން ހިނަގައިގަންނަން އުޅުނު ވަގުތު އެމީހާ އަނެއްކާ ވެސް ހިނދެމިލައިފައި ގޮވައިލިއެވެ. ”އަދި މަޑުކޮއްލާ!“ މި ޖުމްލައަށް އަހަރެން ކުރިއައް ނެގި ދެފިޔަވަޅު ފަހަތައް އަޅާލަމުން މަޑު ޖެހިލީމެވެ. އެމީހާ ވާހަކަ ދައްކަން ފެށިއެވެ. ”އަހަރެންނަކީ ކަލޭގެ ގާތް ވިޔަފާރި ވެރިއެއް… އެންމެ ގާތް ވިޔަފާރި ވެރިޔާ ނޫންކަމުގައި ވިޔަސް… ކަލެޔައް ހެޔޮއެދޭ މީހެއް… އަހަރެންގެ ނަމަކީ ސާދު.. އަހަރެން މިއައީ ތިކަހަލަ މީހުންނަށް ފަރުވާ ކުރާ ޑޮކްޓަރަކާއި ވާހަކަ ދައްކައިގެން އެޕޮއިންޓްމެންޓެއް ހަމަޖައްސާފަ.. ހަމަމިހާރު ތައްޔާރުވެގެން އާއިލާ މީހުން ގޮވައިގެންއާދޭ!“ އެމީހާގެ ވާހަކަ ނިމުމާއެކު އަހަރެން ހީލާފައި ގެއައް ދިޔައީމެވެ.

   ދޮރުހުޅުވާލިއިރު މަންމަ އިނީ ފޮވަށް ތަބަކެއް ކުރިމަތީގައި ބައިންދައިގެންނެވެ. އަނގަ ރަތްކޮއްލާފައި ހުރީ ބިލެތާއި ހީރައްޕަން އަޅައިގެންކަން ފެންނަ ކޮންމެ މީހަކައް އެނގޭނެއެވެ. އެކަމަކު އަހރެންގެ މޮޔަ ސިކުނޑިއައް އެކަމާމެދު ވިސްނާކައް ވަގުތެއް ނުލިބުނެވެ. އަދި ފުރަތަމަވެސް ބެލީ ވާހަކަ ފެށޭތޯ އެވެ.

  ކޮށިގޮތަކައް އެޙަބަރު ދިނުމުން މަންމަ ފުރަތަމަ ކުޑަކޮއް ހައިރާންވެފައި ދެން އަވަސް އަވަހައް ހިނިތުންވެލިއެވެ. ”އަ.. އަވަސް… ދަ. ދާން.. ހިން.. ހިނގާ!“ އަހަރެން ހައިރާންވެފައި ބުނެލީމެވެ. މަންމަ މާ ބޮޑަކައް އަޅައެން ނުލައެވެ. ސައިބޯން އަންނާށޭ ބުނެލީއެވެ. މިވަރުގެ ބޮޑު ފުރުސަތެއް މަންމަ ނަގާލަނީ ކީއްވެ ހެއްޔެވެ؟ ތެދެކެވެ. އަހަރެން ކަހަލަ މޮޔައިން ދައްކާ ވާހަކަ ޤަބޫލު ކުރާނީ ކާކު ހެއްޔެވެ. ދުވަހަކުވެސް ހަމަޖެހޭ ވާހަކައެއް ނުދައްކާނެ ކަން އެނގޭނެ އެވެ.

  ”އޭނަ އެ ދައްކަނީ ތެދުވާހަކައެއް… އަވަސްކުރޭ އެބަލިން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތް މިބުނަނީ…އެ ވާހަކަ އޭނާ ގާތުގަ ދެއްކި މީހަކީ އަހަރެން..“ ސާދު ދޮރުން ވަންނަމުން ބުނެލިއެވެ. ސާދު ފެނުމުން އަހަރެންނައް ނޭންގުނަސް އެއީ ކާކުކަން ދެންތިބި އެންމެންނަށް އެނގުނު ކަހަލަ އެވެ.

  އެއާއެކު ގޭއެންމެން ވެސް ތައްޔާރުވާން ފަށައިފިއެވެ. ހީވީ މަތިން އޯޑަރު އައިސް ގެން އަމުރައް ކިޔަމަން ވަނީ ހެންނެވެ. އެއާރޕޯޓާއި ދިމާލައް ހިނގައިގަންނަން އުޅުމުން ސާދު ބުނެލިއެވެ. ”އަހަރެންގެ ކާރެއް އޮންނާނެ! ހިނގާ ދާން.. އެކާރު ބަލާ..“ ސާދުގެ ކާރައް އެންމެން ވެސް އަރައިފިއެވެ. އަހަރެން ފަހަތު ސީޓުގެ ދޮރު ހުޅުވައިލުމުން ސާދު އެކަމައް އިންކާރުކުރަމުން ކުރީ ސީޓުގެ ދޮރުލުޅުވައިލަމުން އަރަން ބުނެލިއެވެ. އަދި ކާރު ދުއްވަން އިޝާރާތް ކުރިއެވެ.

  ގޭއެންމެން ހަޅޭއްލަވައިގަތެވެ. ”ތިޔަ އުޅެނީ އަހަރެމެން މަރައިލަންތަ؟“ ރުޅި އައިސްގެން މަންމަ ސާދާއި ދިމާލައް ބުނެލިއެވެ. ”ހި ހިއް ނޫން..“ ސާދު ހަމަޖެހިލައިގެން ހުރެފައި ބުނެލިއެވެ. އަދި ދުއްވާން އިޝާރާތް ކުރިއެވެ. ކާރު އަނބުރާނެ ގޮތް ވެސް ކިޔައިދިނެވެ. ހުންގާނުގައި ހިފާނެ ގޮތްވެސް ކިޔައިދިނެވެ. ދެންތިބި މީހުންގެ ލޮލުން ކަނި ބުރައެވެ. ކަޅީގައިވެސް ހީވަނީ އަލިފާން ރޯވެފައިވާހެންނެވެ. ބޮލާއި ކަންފަތުން ދުންއަރައެވެ. ދެ އަތާއި ފައި ދަގަނޑަކައް ވުރެން ވެސް ހޫނެވެ.

   ކާރު އިސްޓާޓު ކޮއްދިނުމުން އަހަރެން ދުއްވަން ފެށީމެވެ. އޮޅިގެން ހުންގާނު އެއްކޮށް އަނބުރާލެވުނެވެ. ކުރިމަތިން އައި ބަހެއްގައި ޖެހި ކާރުގެ ކުރީބައި ފުނޑުފުނޑު ވެއްޖެއެވެ. ދޮރުފަތް ހުޅުވި އަހަރެން މާ ދުރައް ވިއްސައިގެން ހިނގައްޖެއެވެ. މީހުންގެ ހަޅޭކާއި ރުއިމުގެ އަޑުން މުޅި ތަން ގުގުމައިގެން ގޮސްފައިވެއެވެ. ކާރާއި ބަހުގެ ކުރީކޮޅު ގޭނި އަލިފާން ރޯވެއްޖެއެވެ. އަހަރެންނައް އެނގުނުހާވެސް ކަމަކީ ވެއްޓި ޖެހުމާއި އެކު ލޯމައްޗައް އަނދިރިވިކަމެވެ. ދެންވީގޮތެއް ނޭންގެއެވެ.

  އަހަރެން ލޯ ހުޅުވާލި އިރު، އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. ބޮލުގައި އަޅާފައިވާ ބޭންޑޭޖުން ލޭގެ ވަސް ދުވާހެން ހީވެއެވެ. މުޅި ކޮޓަރީގައި ހިފާފައިވަނީ ބޭސް ވަހެވެ. އަހަރެންގެ ހަށިގަނޑުގެ ކޮންމެ ދިމާލަކުން ވޭން އިހުސާސްވެއެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ވޭން އަޅަނީ ބޮލުގަވެ. އަހަރެން މިތަނަށް އައި ގޮތެއް ނޭނގެއެވެ.
ކި.. ކިހިނެއް ވި… ވީ؟“ އަހަރެންގެ ކައިރީގައި ހުދު ކޯޓު ލައިގެން ހުރި ސާފުތާހިރު މީހާކައިރީގައި އަޅައިގަންނަމުން ކަހަލަ ގޮތަކައް އަހާލީމެވެ. އަހަރެންނައް އަޑު އިވުނީ ވަރަށް ބާރުކޮށެވެ. އަދި އެއަޑު މުޅި ތަނުގައި އެކޯވެގެން ދިޔަ ހެންވެސް ހީވެއެވެ.
   ”ކާރު އެކްސިޑެންޓެއް ވެއްޖެ. ކަލޭ ވަރަށް ބޮޑަށް ޒަޚަމްވި. އެކަމަކު މިހާރު ރަނގަޅުވާނެ،“ ޑޮކްޓަރު ބުންޏެވެ.
    އަހަރެންގެ ލޮލުން ކަރުނަ އައެވެ. އަހަރެން ކުރި ކަމުގެ ނުރައްކާތެރިކަން ވިސްނުނެވެ. އަހަރެންގެ އިހުމާލުން އެހެން މީހުންނަށްވެސް ގެއްލުން ލިބުނު ކަމަށް ޝައްކު ކުރެވުނެވެ.

  އަދ އެންމެ ހައިރާން ކުރުވަނި ކަމަކީ ހަނދާނުން ފުހެވިފައިވި ހުރިހާ ކަމެއް ހަނދާނައް އައުމެވެ. އެއްމެ ކުޑައިރުގެ ހުރިހާ ކަމެއް ވެސް ހަނދާން ވުމެވެ.

  ”އަހަރެންގެ އާއިލާ މީހުން ކޮބައިތޯ؟“ އަހަރެން އަހާލީމެވެ.

  ”ކަލޭގެ އާއިލާ މީހުން… ކާރު އެކްސިޑެންޓްގައި މަރުވެއްޖެ. އެކެއްގެ ފުރާނަވެސް ސަލާމަތެއް ނުކުރެވުނު.“ ހިތާމައާއިއެކު ޑޮކްޓަރު ކިޔައި ދިނެވެ. ”އެކަމަކު ކަލޭ ވެއްޓިފައި އޮތް އިރު އެތާގެ ކައިރީގައި އޮތް ސިޓީ އުރައެއް މިއޮއްތީ!“ ޑޮކްޓަރ މޭޒުމަތީގައި އޮތް ކަރުދާސް އުރައެއް ދިއްކޮއްލަމުން ހިނިތުން ވެލިއެވެ.

   އަހަރެން އެއްއަތުން ސިޓީ އުރަ ކަނޑައިލީމެވެ. އަދި އެތެރޭގައި އޮތް ކަރުދާސްގަނޑު ހުޅުވައިލީމެވެ. މަޑުމަޑުން ސިޓީ އައް ނަޒަރު ހިނގައިލީމެވެ. ލަސްލަހުން ކިޔަންފެށީމެވެ.

   ކަލޭގެ އެހީތެރިޔާ ސާދު

 އަހަރެން މި ސިޓީ މިލިޔަނީ ވަރައް ހިތާމަ އާއި އެކުގައެވެ. ފަށްފަށުން މަޢާފައް އެދެމުންނެވެ. އަހަރެން ބައްދަލު ކުރި މޮޅު ޑރ ބުނުއްވީ ކާރު އެކްސިޑެންޓެއް ނޫނީ ޝޮކެއް ދޭށެވެ. އަހަރެން ވިސްނީ ކާރު އެކްސިޑެންޓެއް ކުރާށެވެ. އެހެންކަމުން ކަލެޔައް ދުއްވާން ނޭންގޭނެކަން ރަނގަޅައް އެނގިހުރެ ގަސްދު ކަލެޔައް ދުއްވާން ދިނީއެވެ. ކަލެޔައް ހުރިހާ ކަމެއް ހަނދާންވި ކަމައް ވާނަމަ އަހަރެންގެ ރޫހު ވަރައް އުފާ ކުރާނެ އެވެ. އަހަރެންގެ ރޫޙައް ދާއިމީ އުފާ ލިބޭނެ އެވެ. މިއީ އަހަރެން ކަލެޔައް ވެދިން އެހީއެކެވެ. މިސިޓީ އުރައިގެ ތެރޭގައި ފަސްހާސް ރުފިޔާ އޮންނާނެ އެވެ. އަލުން އާ ދިރިއުޅުމެއް ފަށަން އެ ބޭނުން ކޮއްލާށެވެ. ފަހަރެއްގައި އަހަރެން ކަލެޔައް ޓަކާ މިހާ ބޮޑު ޤުރުބާނީ އެއް ވީ ކީއްވެތޯ ހިތައް އަރާފާނެ އެވެ. ސަބަބު ވެސްމި ސާފު ކޮއްދެނީ އެވެ. ކުޑައިރުއްސުރެ ތިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ހުރިހާ ދަތިތަކަކުން ސަލާމަތް ކޮއްދިން އެކުވެރިޔާ އެވެ. ކަލޭގެ އެންމެ ގާތް އެކުވެރިޔާގެ ގާތުގައިވެސް އަހަރެންނައް ބޮޑައް އިސްކަންދޭ އެކުވެރިޔާއެވެ. މިހާ ބޮޑު އެހީތެރިއެއް ކަލެޔައް ވުމުގެ ހަޤީޤީ އަސްލަކީ މިއީ އެވެ. ވަރައް ސަލާމެވެ.

އަޙްމަދު ފައިސަލް ނަޝީދައް

   ހުރިހާ ކަމެއް އެނގުމުން އަހަރެން ވަރައް އުފާވި އެވެ. ނަމަވެސް އަހަރެންނަކައް ދުވަހަކުވެސް ދާއިމީ އުފާ ލިބޭކައް ނެތެވެ. އަހަރެންގެ ސަބަބުން އާއިލާ އެންމެން ވެސް ނެތި ދިޔައީއެވެ. އުފަލެއް ލިބޭއިރައް އެކަން ހަނދާންވުމުން މޫނު މިލައިގެން ދެއެވެ.

  އަހަރެންނަށް ހަނދާންވި ގޮތުގައި،….  އަހަރެންގެ ހަޔާތުގެ އެންމެ ހިތި ދުވަސްވަރު ފެށުނީ އަހަރެންނަށް 25 އަހަރު ފުރި އަހަރެންގެ އުފަންދުވަސް އެންމެ ކުލަ ގަދަ ކޮއް ފާހަގަ ކުރި ދުވަހާއި ޖެހިގެން އައި ދުވަހުގައެވެ. އޭރު އަހަރެންނަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަހަރެންގެ އަމިއްލަ ކުންފުންޏެއް ހިންގަމުން ދިޔައީމެވެ. އެއީ ”އ“ އަތޮޅުގެ ތެރޭގައެވެ. ރީތި ފަރުތަކާއި ފަޅު، ގިރި އަދި ހާތައް ފެނުމުން ބޭރުމީހުން މޮޔަވާފަދަ ތަންތަންކަން އެނގި ހުރެ އަހަރެން ގެސްޓުހައުސް އެއް އަޅައި މަސައްކަތް ފެށީއެވެ.
   އެންމެ ފުރަތަމަ ދުވަހު ވެސް މަސައްކަތައް ނިކުތީ ވަރުގަދަ ޢަޒުމަކާއި އެކުގައެވެ. މީހަކައް ގުޑުވާނުލެވޭނެ ފަދަ ހިއްވަރަކާއި އެކުގައެވެ. ވަރައް އޮމާން އަމާން ކޮއް މަސައްކަތް ކުރިއައް ދިޔައެވެ. ވިޔަފާރި މަޑުމަޑުން ފުޅާވާން ފެށިއެވެ. ގެސްޓުހައުސް ތަރައްޤީ ވާން ފެށިއެވެ. އާ އެކުވެރިންނާއި ދިމާވާން ފެށިއެވެ. ގާތް އެކުވެރިންވެސް މާ ގާތް ހެން ހީވާން ފަށައިފިއެވެ. ދުރުގައި ތިބި އާއިލާ މީހުންނާއި ވެސް މާ ގުޅުން ބަދަހި ވެއްޖެއެވެ.

  އަހަރެންގެ އަތައް އަރާ ފައިސާ ކޮޅު ނޫޓަކުން ނޫޓަކުން އިތުރުވާން ފަށައިފިއެވެ. އެހެނަމަވެސް، އާއިލާ މީހުންނަށާއި އެކުވެރިންނައް އޭގެން ބައެއް ދޭކަށް ބޭނުމެއް ނޫނެވެ.އެކަމަކު އަހަރަކު އެއްފަހަރު ގެސްޓުހައުސް ތަރައްޤީ ކުރަމުން މުވައްޒަފުންނައް މުސާރަ ދެމުން ދިޔައީމެވެ. ނަމަވެސް ކުޑަ މުސާރަ ކޮޅެކެވެ. އެއްވެސް ބުރައެއް އުފުލާކައް ނުޖެހެއެވެ. ފުރަތަމަ ކޮޅު އުޅުނު ހާލުގައި އުޅޭކައް ނުޖެހެއެވެ.

   މިހާރު އަހަރެންގެ ނަމުގައި ”އ“ އަތޮޅުގައި އަހަރެންގެ 2 ގެސްޓުހައުސް އެބަ ހުއްޓެވެ. މިހެންމިކަން ވާތީ ތަންކޮޅެއް ބިޒީވެ، ރައްޓެހިންނާއި އާއިލާ މީހުންނައް ދެވޭ ސަމާލު ކަން ކުޑަވެއެވެ. މުސާރަ ދެވޭ ވަރާ މެދު ނުވިސްނި ވަގުތު ފުރެމުން ދެއެވެ.  އަދި ކުރިއައް ވުރެ މުސާރަ ދެވޭވަރު ކުޑަވާން ފަށައިފިއެވެ. ބައެއް މީހުންނައް މުސާރަ ނުދެވި ދާ ފަހަރުވެސް އާދެއެވެ. މި މައްސަލަ ބޮޑުވެގެން ގިނަ ބަޔަކު ވަޒީފާއިން ވެސް ކެނޑުނެވެ. ދެން ކުރިމަތިވީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ޙިޔާނާތްތެރިކަމުގެ ދުޝްމިން ކަމާއެވެ.

  އަހަރެންގެ ކުންފުނީގެ ޕާޓްނަރ އަދި އެންމެ ގާތް އެކުވެރިޔާ، ޢަލީ ޙަސަން، އަހަރެންގެ ކުންފުނި ވަގަށް ނަގަން މަސައްކަތް ކުރަމުން ދިޔަކަމެވެ. އޭނާ އަހަރެންނަށް ވިހަ ދީގެން އަހަރެންގެ ހަނދާން ގެއްލުވާލީ ކަމެވެ. ނަމަވެސް ވިހަ ފުރިހަމަ އައް ނުދެވުމުގެ ސަބަބުން ހުރިހާ ހަނދާނެއް ނުފުހެވުނު ކަމެވެ. ހަމައެކަނި ނަން ހަނދާނުން ފުހެނުލެވުނު ކަމެވެ. އަދި އަހަރެންގެ ބައެއް ދުރު ޢާއިލާ މެންބަރުންނާއި ގުޅިގެން މި ކަންތައް ރޭވީ ކަމެވެ.

   މި ހުރިހާ ކަމެއް ހަނދާންވުމާއެކު، އަހަރެން ވަގުތުން ފުލުހުންނަށް ގުޅައި މި ވާހަކަ ކިޔައިދިނީމެވެ. ފުލުހުން ތަޙްޤީޤު ކުރުމަށްފަހު، ޢަލީ ޙަސަންއާއި އެމަސައްކަތުގައި ބައިވެރިވި މީހުން ވެސް ހައްޔަރު ކުރިއެވެ. އަދި އެމީހުން ކުށަށް އިޢުތިރާފުވިއެވެ.

   މިހާރު އަހަރެން މިހިރީ އަލުން އަހަރެންގެދިރިއުޅުން އާ ގޮތަކަށް ފަށައިގަންނަށެވެ. އަހަރެންގެ ކުންފުނި އަލުން އަހަރެންގެ ބެލުމުގެ ދަށަށް ގެނެސް، އަލުން ކުރިއަރުވަން ފެށީމެވެ. އަހަރެންގެ ކުރީގެ ރައްޓެހިން އަލުން އަހަރެންނާ ގުޅުން ބަދަހިކޮށް، އަހަރެންނަށް އެހީތެރިވާން ފެށިއެވެ.

  އެހެނަސް، މި ހުރިހާ ކަމެއްގެ ތެރޭގައިވެސް އަހަރެންގެ ހިތުގައި އެއް ސުވާލެއް އުފެދެމުން ދިޔައެވެ. އެއީ ކީއްވެގެންބާއޭ އަހަރެންގެ އެންމެ ގާތް މީހުން އަހަރެންނަށް މިފަދަ ނުބައި ކަމެއް ކުރީ؟ އަހަރެން ވިސްނާލިއިރު، އަހަރެންގެ ކުރީގެ ދިރިއުޅުމުގައި އަހަރެން ވަރަށް ބޮޑަށް ފައިސާއަށް ލޯބިކުރި މީހެއްކަން ހަނދާންވިއެވެ. އަހަރެން އެހެން މީހުންނަށް އެހީތެރިވުމަށްވުރެ ބޮޑަށް އަހަރެންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރި މީހެއްކަން ވިސްނުނެވެ.

  މި ހުރިހާ ކަމަކުން އަހަރެންނަށް ލިބުނު ތަޖުރިބާއިން، އަހަރެން ނިންމީ އަހަރެންގެ ދިރިއުޅުން ބަދަލުކުރާށެވެ. އަހަރެން ފެށީ އެހެން މީހުންނަށް އެހީތެރިވާށެވެ. އަހަރެންގެ ފައިސާއިން ބޮޑު ބައެއް ހޭދަކުރަން ފެށީ ޗެރިޓީ މަސައްކަތްތަކަށެވެ. އަދި އަހަރެންގެ ކުންފުނީގެ ވަޒީފާތަކަށް ޤާބިލު ޒުވާނުން ނެގުމަށް އިސްކަންދޭން ފެށީމެވެ. ކޮންމެ ކޮންމެ މީހަކު ގާތްކޮއް އިތުބާރުކުރުމުން ދުރުހެލި ވީމެވެ.

  މިހާރު އަހަރެންނަކީ އުފާވެރި މީހެކެވެ. އަހަރެންގެ ދިރިއުޅުމުގައި ކުރިން ނެތް ހިތްހަމަޖެހުމެއް މިހާރު ލިބިފައިވެއެވެ. އަހަރެންގެ ކުންފުނި ކުރިއަރަމުން ދަނީ ކުރިއަށްވުރެ މާ ބާރު ސްޕީޑެއްގައެވެ. އެހެނީ މިހާރު އަހަރެންގެ މުވައްޒަފުންނަކީ އުފާވެރި، ހިތްހަމަޖެހިގެން މަސައްކަތްކުރާ ބައެކެވެ.

  އަހަރެންގެ ހަޔާތުގެ މި ދަތުރުގައި އަހަރެންނަށް ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ، އަބަދުވެސް ހެޔޮކަންތައް ކުރުމެވެ. އެހެނީ ނުބައި ކަންތައް ކުރާ މީހުންނަށް އެކަމުގެ ނަތީޖާ ކުރިން ނުވަތަ ފަހުން ކުރިމަތިވާނެކަމެވެ. އަދި ހެޔޮ ކަންތައް ކުރާ މީހުންނަށް އޭގެ ހެޔޮ ނަތީޖާ ކޮންމެވެސް ދުވަހަކުން ފެންނާނެކަމެވެ.

  މިއަދު އަހަރެން މިވާހަކަ ކިޔައިދެނީ، އެހެން މީހުންނަށްވެސް މިއިން ޢިބްރަތް ލިބޭނެކަމަށް އުއްމީދުކޮށެވެ. އަދި ކޮންމެ މީހަކުވެސް އޭނާގެ ދިރިއުޅުމުގައި ހެޔޮކަންތައް ކުރުމަށް ބާރުއަޅައި، އެހެން މީހުންނަށް އެހީތެރިވެ، އަމާނާތްތެރިކަމާއެކު ދިރިއުޅުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.

(ނިމުނީ)

ސަބްސްކުރައިބް
ނޮޓިފައި ކުރަނީ
guest

0 ކޮމެންޓްތައް
އެންމެ ފަސް
އަލަށް އެންމެ ގިނަ ވޯޓް
އިންލައިން ފީޑްބެކް
ހުރިހާ ކޮމެންޓްތައް ބެލުމަށް
Back to top button